އިދިކޮޅު އެމްޑީޕީން އަދިވެސް ގެންގުޅެމުން އަންނަނީ، ރާއްޖޭގެ ސިޔާސީ ހަރަކާތް ފުރަތަމަ ފެށިގެން އައި ދުވަސްވަރު އެޕާޓީން ގެންގުޅެމުން އައި ބޯދާ މިންގަނޑުތައް ކަމަށް ޕީއެންސީން ބުނެފިއެވެ.
އިދިކޮޅު އެމްޑީޕީން މިފަހަކަށް އައިސް ބާއްވަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްގެ މަންމާފުޅު މަރިޔަމް ޒުބައިރު (މަންދީ) ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޭފުޅުންނަށް އަމާޒުކޮށް ވާހަކަތަކެއް ދައްކަވައިފައެވެ.
މަންދީގެ އެ ވާހަކަތަކާއި ގުޅިގެން ހިިއުމަން ރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން ވަނީ ބަޔާން ނެރެ، މަންދީގެ އެ ވާހަކަތައް ކުށްވެރި ކޮށްފައެވެ.
ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތައް ރާއްޖެއަށް ތައާރަފު ކުރެވުނު ދުވަސްވަރު އެމްޑީޕީން ދިވެހިންނަށް ހިންގަން ދަސްކޮށްދިނީ އެފަދަ ހުތުރު އަމަލުތަކުގެ ތެރެއިން ކަމަށްވީ ނަމަވެސް މިއަދު ދިވެހިން ވަނީ އެފަދަ ނާތަހުޒީބު އަމަލުތަކާއި ދުރުވެ ތިބެ ހިންގާ ބިނާކުރުވަނިވި ސިޔާސީ ހަރަކާތް ހިންގަން ދަސްކޮށްފައި ކަމަށެވެ.
"އަދިވެސް އެމްޑީޕީން އެޕާޓީ އުފެދުމުގައި ވެސް ގެންގުޅުނު މިފަދަ ބޯދާ މިންގަނޑުތައް އަލުން ދިރުވަން މަސައްކަތް ކުރާ ކަމީ ހިތާމަހުރި އަދި އެހާމެ ފިނޑި ސިޔާސަތެއް ކަމަށްވެސް މިޕާޓީން ދެކެމެވެ،" ޕީއެންސީން ބުންޏެވެ.
ރައީސް މުއިއްޒުގެ ދަރިކަލުންނާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ގުޅޭ ގޮތުން މަންދީ ދެއްކި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކަމުގައި އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
މަންދީ ދެއްކި ވާހަކަތައް ދިފާއުކޮށް އެމްޑީޕީން ބަޔާން ނެރެ އެކަން އިތުރަށް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ބުނީ އެމްޑީޕީގެ އެކްޓިވިސްޓަކު މިފަދަ އަމަލެއް ހިންގާފައި މިވަނީ މިކަންކަން ހުއްޓުވުމަށް"ކްރޮސް ޕާޓީ ސްޓޭޓްމަންޓް ފޯ އެންޝުއަރިން ސޭފްޓީ އެންޑް އީކުއަލް އޮޕަޗިއުނިޓީސް ފޯ ވިމެން އިން ޕޮލިޓިކްސް" ގެ ނަމުގައި ސިޔާސީ ޕާޓީތަކުން ފަހުމުނާމާއެއްގައި ސޮއިކޮށް، އަތުގުޅާލިތާ ހަފްތާއެއްވެސް ނުވަނީސް ކަމަށް ޕީއެންސީން ބުންޏެވެ.
މަންދީ ދެއްކި ވާހަކަތަކަކީ ސިޔާސީ ހަރަކާތެއް ކަމަށް އެއްވެސް މިނިވަން ދިމިގްރާތީ މުޖުތަމައުއަކުން ނުދެކޭނެ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ކަމާބެހޭ އިދާރާތަކުން ބުނުމުން އެކަން ދިފާއުކުރުމުން ދޭހަވަނީ އެމްޑީޕީ އަކީ ގާނޫނަކަށް ގަވާއިދަކަށް ބަލާނެ އަދި އިންސާނީ ކަރާމާތަށް ވެސް ބަލާނެ ބައެއް ނޫންކަން ކަމަށް ޕީއެންސީން ބުންޏެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި