އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާ އިން ހައްޔަރުކުރި އެޕާޓީ ޔޫތު ވިންގުގެ ނާއިބު ރައީސް މައިމޫން ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
މައިމޫން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި އަނިޔާވި ފަރާތާއި މުއާމަލާތް ނުކުރުމަށާއި ފޯނު ނަމްބަރު އެޑްރެސް ބަދަލުވެއްޖެ ނަމަ އެންގުމަށާއި މާލެ ސަރަޙައްދުން ދާނަމަ ފުލުހުންނަށް އެންގުމަށް ޝަރުތުކޮށެވެ.
މައިމޫން ހައްޔަރުކުރީ ޗާންދަނީ މަގު އަމީނިއްޔާ ސްކޫލު ކުރިމަތިންނެވެ.
އޭނާ ހައްޔަރުކުރީ އެމްޑީޕީގެ މުޒާހަރާ އަށް ފުލުހުން ހުރަސް އެޅުމުން ހިނގި ދެބަސްވުމާއި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށްވެއެވެ.
އެމްޑީޕީން ވަނީ ސަރުކާރުން މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ބަޔާންކޮށް، އެ ކަންކަމަށް ގޮވާލައި މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަން ފަށައިފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި