ވާދަވެރިކަން ބޮޑު، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ މެންބަރުންގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މަޖިލިސް މެންބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
ޗެއާޕާސަން ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހެނީ ގޫގުލް ފޯމު މެދުވެރިކޮށް އޮންލައިންކޮށެވެ.
އެމްޑީޕީން ކުރި އިއުލާނުގައިވާ ގޮތުން، އެޕްލިކޭޝަން ފޯމާއެކު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ދޫކުރާ ކުށާއި ދަރަނީގެ ރެކޯޑްގެ އިތުރުން ކަރެކްޝަންސްގެ ކުށުގެ ރެކޯޑް ވެސް ހުށަހަޅަން ޖެހެއެވެ.
މީގެ އިތުރުން، ޗެއާޕާސަން ހޮވުމަށް ބާއްވާ ވޯޓުލުން ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 12 ވާ ދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 ގެ ނިޔަލަށް ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެމްބަރުން އަލްހާން ފަހުމީ ވާދަކުރުމަށް ވަނީ ނިންމައިފައެވެ.
އެގޮތުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ފައްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިން ވެސް ފައްޓަވައިފައެވެ. އަދި މީކާއިލް ވަނީ "އިތުބާރު" ގެ ނަމުގައި އިއްޔެ ކެމްޕެއިން ފައްޓަވައިފައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި