މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެންމެ ފަހުން އާންމުކުރި މާލީ ބަޔާނުގައިވާ ހިސާބުތަކުން ރާއްޖޭގެ ބޭރު ފައިސާގެ ބެލެންސް ވަރަށް ބޮޑަށް ދަށްވެފައިވާކަން ހާމަވުމާ ގުޅިގެން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޭރު ފައިސާގެ ނަގުދު ފައިސާ އާއި ބޭންކް ބެލެންސް އެންމެ މަހެއްގެ ތެރޭގައި ވަނީ 17.0 ބިލިއަން ރުފިޔާ (1.1 ބިލިއަން ޑޮލަރު) އިން 9.1 ބިލިއަން ރުފިޔާ (590 މިލިއަން ޑޮލަރު) އަށް ދަށްވެފައެވެ. މީގެ އިތުރުން ސަރުކާރުގެ ބޭރު ފައިސާގެ ބެލެންސް ވެސް ވަނީ 5.7 ބިލިއަން ރުފިޔާ (370 މިލިއަން ޑޮލަރު) އިން 576 މިލިއަން ރުފިޔާ (37 މިލިއަން ޑޮލަރު) އަށް ވަރަށް ބޮޑަށް ދަށްވެފައެވެ.
މި ބޮޑު ދަށްވުމާ ގުޅިގެން ޝަމްހީދު ވަނީ ސީރިއަސް ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ސަރުކާރުގެ ދަރަނި ދެއްކުމަށް ރިޒާވް ބޭނުންކުރުމުގެ ހުއްދަ އެމްއެމްއޭގެ ގަވާއިދުތަކުން ގަވަރުނަރަށް ލިބިދީފައިވޭތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
ޝަމްހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭނުންކުރެވޭ ފަދަ ރިޒާވެއް ނެތް ނަމަ، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް ފައިސާ ހޯދާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. މިއީ ގައުމުގެ އިގްތިސާދީ ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރިޒާވްގެ ހަގީގީ ހާލަތު އެމްއެމްއޭ އިން އާންމުންނަށް ސާފުކޮށް ކިޔައިނުދެނީ ކީއްވެގެންތޯ ވެސް ޝަމްހީދު ވަނީ ސުވާލު ކުރައްވާފައެވެ. މި މައްސަލައިގައި ކަމާބެހޭ އިދާރާތަކުން ދެފުށް ފެންނަ ގޮތަކަށް މައުލޫމާތު ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި