Hathaavees
Hathaavees
ކަނޑުމަގުން ގެނައި ކޮންޓޭނަރެއްގައި ހުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
                    <description>ކަނޑުބޯޓަކުން ރާއްޖެއަށް ގެނައި މުދާ ކޮންޓޭނަރެއްގެ ތެރެއިން ފޮރުވައިގެން އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ ވަނީ އަތުލައިގެންފައެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި ފެނިފައިވަނީ ކަނޑުމަގުން އައި ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
މި މުދާތައް އަތުލައިގަތުމަށް ހިންގި ހަރަކާތުގެ ވީޑިއޯއެއް ކަސްޓަމްސްއިން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، މި ތަކެތި ފެނިފައިވަނީ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއްގެ ތެރޭގައި ވަރަށް...</description>
ނަމާދު ވަގުތު ޖެހުމުން ކުޅިވަރު ހަރަކާތްތައް 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
                    <description>ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ވެސް ނަމާދު ވަގުތު ޖެހުމުން 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އިއްޔެ އަމުރުކޮށްފިއެވެ.
އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ބަންގި ގޮވުމާއެކު 20 މިނެޓުގެ މުއްދަތަކަށް ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލުމަކީ މިހާރުގެ ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ ސިޔާސަތެކެވެ.
މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ...</description>
ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް: ރައީސް 
                    <description>ދިވެހި އުންމަތުގެ ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ، ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ މައްޗަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރާއި ގުޅިގެން ރައީސް މިރޭ ފޮނުއްވި ހިތާބެއްގައި ވިދާޅުވީ މީގެ 1400 އަހަރު ކުރިން މާތް ނަބިއްޔާ މުހައްމަދު ސއވ އާއި އެކަލޭގެފާނުގެ އަސްހާބުން މައްކާ ދޫކުރައްވާ މަދީނާ އަށް ކުރެއްވި ހިޖުރައަކީ ބައިބައިވުމުމާއި އެއްބައިވަންތަކަމަށް އިސްލާމީ މުޅި އުންމަތް ހުޅުވައިލަދިން އިންގިލާބީ...</description>
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
                    <description>ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު މެންބަރުކަމުގެ ގާނޫނީ ހުވާ ކުރައްވައިފިއެވެ.
ސޯބެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދުގެ މަޖިލިސް ޖަލްސާ ފެށުމުގެ ކުރިންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
މިމަހުގެ 6 ވަނަ ދުވަހު ބޭއްވި...</description>
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯ ކައިރިން ކުރިއެއް ނުލިބުނު
                    <description>ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ބެލެވޭ ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. 
ރާއްޖެ ގަޑިން ރޭ ދަންވަރު 3 ޖަހާއިރު ކުޅުނު އެ މެޗުގެ ފުރަތަމަ 30 މިނެޓުގައި ބްރެޒިލް ފެނުނީ ވަރަށް ބަލިކަށިކޮށެވެ. ވޯލްޑް ކަޕްގެ ގަދަބާރުގެ ގޮތުގައި ބެލެވޭ ބްރެޒިލްގެ ކުޅުންތެރިން ރޭވުންތެރިކަމެއް ނެތި ތިއްބާ، ރެއާލް މެޑްރިޑުން ފެންނަ ފަދަ ވިނީޝިއަސް ޖޫނިއާގެ ހުށިޔާރު ކުޅުމާއެކު އެ ޓީމު އަލުން މެޗުގެ...</description>
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
                    <description>ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޒީނާޒު އަދުނާން އައްޔަންކުރައްވައިފިއެވެ.
ޒީނާޒަކީ މީގެކުރިން ލޯކަލް ގަވަނަންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުންނެވެ. ސަރުކާރުގެ ފަރާތުން މި އައްޔަންކުރުމާ ގުޅޭގޮތުން ރަސްމީކޮށް އަދި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ޒީނާޒަށް އެ މަގާމު ދެއްވާފައިވާކަން "ހަތާވީސް" އަށް މިހާރު ވަނީ ކަށަވަރުވެފައެވެ.
ޒީނާޒަކީ މި ސަރުކާރުގެ ކުރީކޮޅު ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ...</description>
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް: ރައީސް
                    <description>އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ އެއްވެސް އުޖޫރައަކާ ނުލައި ލޭ ހަދިޔާކުރާ ފަރާތްތަކުން ވެދޭ އަގުނުކުރެވޭފަދަ އެހީތެރިކަމާއި، އެފަރާތްތަކުގެ ދީލަތިކަމުގެ ސަބަބުން ސަލާމަތްވާ އެތައް ފުރާނައެއްގެ އަގު ވަޒަންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ...</description>
ތަފާތު ބޮޑުކޮށް މީކާއީލް ބަލިކޮށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު އިންތިހާބުވެއްޖެ
                    <description>އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެއްޖެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާ ވާދަކުރައްވާ ނަޝީދު މި އިންތިހާބު ކާމިޔާބު ކުރެއްވީ ވަރަށް ބޮޑު ތަފާތަކުންނެވެ.
މިއަދު މެންދުރުފަހު 14:30ގައި ފެށި އިންތިހާބުގެ ވަގުތީ ނަތީޖާ މިހާތަނަށް ދައްކާ ގޮތުގައި ނަޝީދަށް 8،000 އަށްވުރެ ގިނަ ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
އިންތިހާބުގައި ނަޝީދާ ވާދަކުރެއްވި މީކާއީލް ވަނީ ބަލި ގަބޫލުކުރައްވަވާ ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ....</description>
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަން ބާއްވާ އިންތިހާބުގެ ވޯޓުލާން ފަށައިފި
                    <description>އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. 
އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެންދުރު 14:30 ގައެވެ. ވޯޓުލުން ނިމޭނެ ގަޑިއެއް ކަމަށް އެމްޑީޕީން ބުނެފައި ވަނީ މިރޭގެ 20:30 ގައެވެ. 
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފެށިއިރު ފާއިތުވެދިޔަ ދުވަސްތަކުގައި ދެ ކެންޑިޑޭޓުން...</description>
މެކްސިކޯއާއި ދެކުނު ކޮރެއާއިން ގްރޫޕް އޭގެ ކުރި ހޯދައިފި
                    <description>ފޯރިގަދަ އަދި ރެކޯޑްތަކުން ފުރިގެންވީ މެޗުތަކަކާއެކު ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގެ ކުޅުން ފެށިގެން ދިޔައިރު، މުބާރާތް ބާއްވާ މެކްސިކޯއާއި ދެކުނު ކޮރެއާއިން ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ތާވަލުގެ ކުރި ހޯދައިފިއެވެ.
ގިނަ އަދަދެއްގެ ރަތް ކާޑު ފެނުނު ފެނުނު މުބާރާތުގެ ފުރަތަމަ މެޗުން 2-0 އިން މެކްސިކޯ ވަނީ ދެކުނު އެފްރިކާ ބަލިކޮށްފައެވެ. އަދި ގްރޫޕްގެ ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި 2-1 އިން ޗެކް...</description>
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
                    <description>ދިވެހިރާއްޖޭގައި ހިމަބިހި ފެތުރުން ހުއްޓުވުމަށް އެހީތެރިވުމުގެ ގޮތުން، އަވަށްޓެރި އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ ވެކްސިނާއި ތިން ޓަނުގެ ބޭސްފަރުވާގެ ސާމާނު މިއަދު ރާއްޖެއަށް ފޯރުކޮށްދީފިއެވެ.
މި ތަކެއްޗާ ހަވާލުވުމަށް ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ދައުލަތުގެ ފަރާތުން މި އެހީއާ ރަމްޒީގޮތުން ހަވާލުވެވަޑައިގެންނެވީ ސިއްހީ ވަޒީރު ގީލާ އަލީއެވެ. އިންޑިއާގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއެވެ.
ހެލްތު...</description>
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބްރޭކް ވޯޓާ ހެދުމުގެ މަސައްކަތް އެފްކޮންސަށް
                    <description>އިންޑިއާގެ މަޝްހޫރު އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން ކުންފުނި، އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑަށް ތާރީހޯ ބޮޑު މަޝްރޫއެއް އަނެއްކާވެސް ލިބިއްޖެއެވެ.
އެގައުމުގެ މަހާރާޝްތުރާގައި އަލަށް ތަރައްގީކުރާ "ވަދްވާން ޕޯޓް" ގައި 10.14 ކިލޯމީޓަރުގެ ދިގު ބްރޭކްވޯޓަރެއް (ބޮޑުތޮށި) ބިނާކުރުމުގެ މަސައްކަތް "ވަދްވާން ޕޯޓް ޕްރޮޖެކްޓް ލިމިޓެޑް" އިން އިއްޔެ ވަނީ އެފްކޮންސްއާ ހަވާލުކޮށްފައެވެ.
މި ބިޔަ މަޝްރޫއުގެ ޖުމްލަ އަގަކީ 5,301 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 632 މިލިއަން އެމެރިކާ ޑޮލަރު) އެވެ. މި...</description>
ޝައްމާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތު: އިހުސާން
                    <description>ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން، މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމަށް އިހުސާން ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޝައްމާން 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.
އޭނާގެ މައްޗަށް މި ހުކުމް އައީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކު މިނިވަންކުރުމަށްފަހު، އެ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ ފޭރިގަތުމުގައި ބައިވެރިވި...</description>
މޯދީގެ ތާރީހީ ކާމިޔާބީއާ ގުޅިގެން ޝާހިދުގެ މަރުހަބާ
                    <description>މަގާމުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އިންޑިއާގެ ބޮޑުވަޒީރުކަމުގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ ޖެހިޖެހިގެން 4،399 ދުވަސް ވަންދެން މަގާމުގައި ދެމިހުންނެވި މި ތާރީހީ ދުވަހާ ގުޅިގެން ޝާހިދު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ކާމިޔާބީން ރަމްޒުކޮށްދެނީ އާންމު ހިދުމަތުގައި މޯދީ ހޭދަކުރެއްވި ދިގު...</description>
ތާރީހީ ރެކޯޑަކާއެކު މޯދީގެ 12 އަހަރު: ބަދަލުވަމުންދާ އިންޑިއާ އާއި ސަރަޙައްދީ އެކުވެރިކަން
                    <description>އިންޑިއާގެ ސިޔާސީ ތާރީޚުން މިއަދު ފެނިގެން މިދަނީ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ އާ ބާބެކެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިވަނީ މެދުކެނޑުމެއްނެތި ބޮޑުވަޒީރުކަމުގެ މަގާމުގައި 4،399 ދުވަސް ހޭދަކުރައްވައި، ތާރީޚީ ބޮޑު ރެކޯޑެއް ގާއިމުކުރައްވާފައެވެ. މިއާއެކު، އެމަނިކުފާނު ވެވަޑައިގެންފައިވަނީ އިންޑިއާގެ ތާރީޚުގައިވެސް އެންމެ ދިގު މުއްދަތަކަށް، މެދުކެނޑުމެއްނެތި ވެރިކަން ކުރެއްވި ޑިމޮކްރެޓިކް ބޮޑުވަޒީރަށެވެ.
އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އުފަންވި ފުރަތަމަ ބޮޑުވަޒީރުގެ ޝަރަފު ހޯއްދަވާފައިވާ މޯދީއަކީ، 2001...</description>
މަޖިލިސް ނާއިބުކަން އެއްވެސް އިރެއްގައި ބޭނުމެއް ނޫން، މަގާމާ ހަވާލުވީ މަސްލަހަތަށްޓަކައި: ސަލީމް
                    <description>ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސްކަމަކީ އެއްވެސް އިރެއްގައި ބޭނުންވި މަގާމެއް ނޫން ކަމަށާއި އެހެންނަމަވެސް އެ މަގާމާއި ހަވާލުވެވަޑައިގަތީ ޕާޓީގެ މަސްލަހަތަށްޓަކައި ކަމަށް ދާދިފަހުން މަޖިލިސް ނާއިބު ކަމަށް އިންތިހާބު ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހުގެ ނާއިބު ރައީސްކަން ބޭނުންނުވާ އެތައް ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި އޭނާއަކީ އަމިއްލަ...</description>
މެންބަރު އަސްމާގެ ކިބައިން ރައީސް މައާފަށް އެދިވަޑައިގެންފި
                    <description>މާފަންނު މެދު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)ގެ ކިބައިން ރައީސް ޑރ. މުހައްމަދު މުއިއްޒު މައާފަށް އެދިވަޑައިގެންފިއެވެ.
މިކަން ހާމަކުރެއްވީ މިރޭ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި މަޖިލީހުގެ ނާއިބު ރައީސްކަމަށް ދާދިފަހުން އިންތިހާބު ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ސަލީމް މިރޭ ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނިމުނު ފަހުން ޕީއެންސީގެ ބައެއް ބޭފުޅުންގެ މެދުގައި އަސްމާއްތަ ދެކެ...</description>
މި ހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް މުއިއްޒާއެކު: ޒަމީރު
                    <description>ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ހުންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ކަމަށް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޒަމީރު މަގާމުން އިސްތިއުފާ ދެއްވެވީ އިއްޔެގެ ވަގުތެއްގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވެވީ ސިއްހީ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ.
އިސްތިއުފާ އަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާގެ ކުރިފުޅުމަތީ ހުންނަވާ ޒަމީރު މިރޭ ވަނީ ވާހަކަދައްކަވާފައެވެ. ޕީއެންސީން މިރޭ ބޭއްވި...</description>
ކުރީގެ ކޮންޓްރޯލާ ޝައްމާންގެ މައްޗަށް 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް
                    <description>ކުރީގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު 25 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް އިއްވާފައެވެ.
އޭނާގެ މައްޗަށް މި ހުކުމް އައީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކު މިނިވަންކުރުމަށްފަހު، އެ މީހާގެ އަތުން ފަސް ލައްކަ ރުފިޔާ ފޭރިގަތުމުގައި ބައިވެރިވި މައްސަލައިގައެވެ. ދައުލަތުން ބުނާ ގޮތުގައި އެ ފައިސާ ޝަމްއާންގެ ގެއަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެކެވެ.
މި މައްސަލައިގައި ޝަމްއާންގެ މައްޗަށް ތިން...</description>
ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް ޓެކްސް ކޮމިޝަނަރު ޒަރީރު
                    <description>ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި މޫސާ ޒަމީރު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ ހަސަން ޒަރީރެވެ. ޒަރީރު އެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމައަށް ހުންނެވީ ކޮމިޝަނަރު އޮފް ޓެކްސްސޭޝަންގެ މަގާމުގައެވެ.
ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ޒަމީރު ރައީސް މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މަގާމުން އިސްތިއުފާ ދެއްވެވީ ސިއްހީ ސަބަބުތަކަކާއި ގުޅިގެން...</description>