Image

މި ސަރުކާރު ވެރިކަމަށް އައި އިރު ޒުވާނުން ތިބީ ބިރަކާ ނުލައި ޕާޓީ ކުރަން: ޑްރަގް އެޖެންސީގެ ޗެއާޕާސަން

Apr 29, 2025, 4:39 PM
އެންޑީއޭގެ ލުބްނާ: މަސައްކަތް ކުރެއްވީ މަސްތުވާތަކެތީގެ މައްސަލަ ވަކި ވެރިކަމަކާ ގުޅުވަން -- ފޮޓޯ: އެންޑީއޭ

އެންޑީއޭގެ ލުބްނާ: މަސައްކަތް ކުރެއްވީ މަސްތުވާތަކެތީގެ މައްސަލަ ވަކި ވެރިކަމަކާ ގުޅުވަން -- ފޮޓޯ: އެންޑީއޭ

މި ސަރުކާރު ވެރިކަމަށް އައި އިރު ދިވެހިރާއްޖޭގެ ޒުވާނުން ތިބީ ބިރަކާ ނުލައި ޕާޓީ ކުރަން ކަމަށް ނެޝަނަލް ޑްރަގް އެޖެންސީގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލުބްނާ ވިދާޅުވީ ޕާޓީ ކުރުން ރާއްޖޭގައި އާންމުވެފައި ވަނީ 2018 ވަނަ އަހަރު ކަމަށެވެ. އަދި 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ޒުވާނުން ތިބީ ޕާޓީ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

Image

"މި ސަރުކާރު ހަވާލުވީ އިރު ބިރަކާ ނުލައި ޒުވާނުން ތިބީ ޕާޓީކޮށް ކޮށް،" ލުބްނާ ވިދާޅުވި އެވެ.

ޕާޓީ ކުރުން އާންމުވެފައި ވަނީ ވަކި ވެރިކަމެއްގައި ކަމަށް ލުބްނާ އެހެން ވިދާޅުވިއިރު، މަސްތުވާތަކެއްޗާއެކު ޕާޓީ ކުރުން އާންމުވީ މި ފަހުން ކަމަށް އޭނާ ޗެއާޕާސަންގެ މަގާމު ފުރުއްވާ ޑްރަގް އެޖެންސީއިން ވަނީ އާދީއްތަ ދުވަހު ބުނެފަ އެވެ.

"ރާއްޖޭގެ ޒުވާނުންގެ މެދުގައި މިފަހަކުން މަޝްހޫރުވެގެން މި އައި ޕާޓީ ކުރުމުގެ އާ ގޮތް [ޓްރެންޑު] ގެ ސަބަބުން ގިނަ ބަޔަކު އެކަމުގެ ތެރެއިން ލާފައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވޭ،" އެ އެޖެންސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

Image

މަސްތުވާތަކެތި ބޭނުން ކުރުން އެއީ ވަކި ވެރިކަމާ ގުޅިފައި އޮތް މައްސަލައެއް ކަމަށް ލުބްނާ ވިދާޅުވި ނަމަވެސް މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހައްލުނުވެފައި އޮތް ޒަމާނީ ގޮންޖެހުމެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދައުރުގައި ވެސް އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ އެވެ.

މަސްތުވާތަކެތީގެ މައްސަލަ ވަކި ވެރިކަމާ ގުޅުވަން ލުބްނާ މަސައްކަތް ކުރެއްވިއިރު، މި ހިނގާ އޭޕްރީލް 18، ގައި އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ޒިންމާވާންޖެހޭނީ އިދިކޮޅު ޕާޓީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

Image

ފަހުގެ ޚަބަރު

Image

އެމްއައިބީ ޑޮލަރު ލިމިޓު ބައެއް ސައިޓުތަކަށް ބޭނުންނުކުރެވޭނެ

އެމްއައިބީގެ ރުފިޔާ ކާޑުން ޑޮލަރު ބޭނުންކުރާ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި، ބައެއް ވިޔަފާރި ސައިޓުތަކަށް އެ ކާޑުން ފައިސާ ނުދެއްކޭ ގޮތަށް މިއަދު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ބޭރުގެ އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭނީ ގިނަވެގެން 10 މުއާމަލާތް ކަމަށްވިޔަސް، ރާއްޖޭން ބޭރުގެ ޕީއޯއެސް މެޝިންތަކާއި ސިއްހީ އަދި ޒަރޫރީ ބޭނުންތަކަށް 250 ޑޮލަރުގެ ލިމިޓު ބޭނުންކުރެވޭނެއެވެ.

Image

ޕީއެންސީ މެންބަރުންނަށް އިންޑިއާއިން ލެޕްޓޮޕް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނޭހެން ޕީއެންސީގެ ހަ މެންބަރެއްގެ ދާއިރާތަކަށް އިންޑިއާ ސަރުކާރުން މިއަދު ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ. މިއީ އެ ދާއިރާތަކުގެ ޓެކްނޮލޮޖީ ކުރިއެރުވުމަށް ދިން އެހީއެއް ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނާއިރު، މީގެ ކުރިން އިންޑިއާއާ ދެކޮޅަށް މަސައްކަތް ކުރި މި މެންބަރުން މި އެހީއާ ހަވާލުވީ ދެ ގައުމުގެ ގުޅުން މިހާރު ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

Image

އެސްޓީއޯގެ ބޭސްފިހާރަތައް ތިން ދުވަހަށް ބަންދު

އަލަށް އުފެއްދި "ސްޓޭޓްފާމާ" ކުންފުންޏާ ބޭސްފިހާރަތައް ހަވާލުކުރުމަށްޓަކައި، އިންވެންޓްރީ ގުނުމަށް ޖޫން 24 އިން 26 އަށް އެސްޓީއޯގެ ބޭސްފިހާރަތައް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. މި މުއްދަތުގައި ބޭސްފިހާރަތައް ބަންދުވި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމު އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ. މި ބަދަލާއެކު އެސްޓީއޯ ފާމަސީތަކުގެ ހުރިހާ މުވައްޒަފުންނާއި އޮޕަރޭޝަންތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުވެގެންދާނެއެވެ.

Image

ސެންޓު ފުޅި ވަގަށް ނެގުމުން ތިން މަހަށް ޖަލަށް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސެންޓު ފިހާރައަކުން ސެންޓު ފުޅިއެއް ވަގަށް ނެގި މީހަކު ކުށަށް އިއުތިރާފުވުމުން، އޭނާ ތިން މަހާއި ދެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމް އިއްވާފައިވަނީ އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހުގައެވެ.

Image

އެމްޑީޕީން ޕްރޮޖެކްޓު އޮފީހެއް އުފައްދައިފި

ރާއްޖޭގެ ކައުންސިލްތަކަށް ފަންނީ އަދި މާލީ ލަފާދިނުމަށްޓަކައި "އިންޓަލޯކަލް ކައުންސިލް ޕްރޮޖެކްޓު ޑިވެލޮޕްމަންޓު އޮފީސް" ގެ ނަމުގައި އެމްޑީޕީން ހާއްސަ އޮފީހެއް އުފައްދައިފިއެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިސްކޮށް ހުންނަވާ މި އޮފީހަކީ ކައުންސިލްތަކަށް އާ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ޕާޓީގެ ޗެއާޕާސަންގެ ވައުދާ އެއްގޮތަށް ގާއިމުކުރި ތަނެކެވެ.

Image

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އާއި އައިސްއާއެކު އެމްއޯޔޫއެއް

ބޯޑަރު ހުރަސްކޮށް ހިންގާ ބައިނަލްއަގުވާމީ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ދިވެހި ފުލުހުންނާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އަދި އައިސްއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި، މަސްތުވާތަކެތީގެ ވިޔަފާރި އަދި ސައިބާ ކްރައިމް ފަދަ ކުށްތައް ހުއްޓުވުމަށް މައުލޫމާތު ބަދަލުކުރުމާއި، ގުޅިފައިވާ އޮޕަރޭޝަންތައް ހިންގުމުގެ އިތުރުން ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Image

ސޯބެ ކުރި ސުވާލަށް ގީލާ ޖަވާބު ނުދިނުމުން ފާޑުކިޔަނީ

މެންބަރު ސޯބެ އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލުތައް ދޭހަނުވާކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު ގީލާ ޖަވާބު ނުދެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ. މިނިސްޓަރުގެ މި އަމަލަކީ އައްޑޫ ރައްޔިތުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ސިޔާސީ ބޭފުޅުން ސިފަކުރައްވާއިރު، ކޮންމެ ބަހުރުވައަކުން ސުވާލުކުރި ނަމަވެސް ވަޒީރުން ޖަވާބުދާރީވާންޖެހޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

Newsletter

Get the latest news delivered straight to your inbox