The naval ship gifted by Australia at the request of the Maldives has arrived in the Maldives.
The ship was welcomed at Hulhumalé Harbour by the Chief of Defence Force, accompanied by the High Commissioner of Australia
Maldives National Defence Force
11.5K posts
- The new ship received a ceremonial escort and a water salute from the MNDF Coast Guard. @DefenceAust @AusHCMV
- ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ އިން ހަދިޔާކުރި ނޭވީ މަނަވަރު ދިވެހިރާއްޖެއަށް ގެނެސްފި. މި އުޅަނދު ހުޅުމާލެ ބަނދަރަށް އައުމުން މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީ. mndf.gov.mv/mndf/en/news-a…
- ވޭތުވެދިޔަ ހަފުތާގައި (ޖޫން 7އިން ޖޫން 13އަށް) ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ، 16 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރްއެސް)އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ.
- އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި، ތ. ވިލުފުށީ ކައުންސިލުން ގުޅިގެން އެ ރަށުގައި "ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ޓްރެއިނިންގ ޕްރޮގްރާމް" ހިންގައިފި. mndf.gov.mv/mndf/en/news-a…
- އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން، ލ.ކަލައިދޫގެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ކަނބަލުންނަށް އަމާޒުކޮށްގެން، އަންހެނުން ބާރުވެރިކުރުވުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ސެޝަނެއް ކުރިއަށް ގެންގޮސްފި. mndf.gov.mv/mndf/en/news-a…
- ތިނަދޫ ސިޓީ ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި. mndf.gov.mv/mndf/en/news-a…
- ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، ނ.މާފަރަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފި. mndf.gov.mv/mndf/en/news-a…
- ވޭތުވެދިޔަ ހަފުތާގައި ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 71 މެޑިކަލް އިވެކުއޭޝަން ހަދައިދީފި.
- ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރިވަމުން.
- އައްޑޫ ސިޓީ ހިތަދޫ ފެން ޕްލާންޓް ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި mndf.gov.mv/mndf/en/news-a…
- އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން، ތ.ގުރައިދޫ ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންނަށް އަދި ސްޓާފުންނަށް އަމާޒުކޮށްގެން "ލީޑަރޝިޕް އެންޑް ފޮލޯވަރޝިޕް" ސެޝަންތަކެއް ކުރިއަށްގެންގޮސްފި mndf.gov.mv/mndf/en/news-a…
- ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި mndf.gov.mv/mndf/en/news-a…
- 72ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމުގެ ރަސްމިއްޔާތު: facebook.com/share/v/1EsdDM…


































