ސަންގުން ދޮގެއް ނަހަދާނެ

Image

ކުއްލި ޚަބަރު

އޮޅުވާލައިގެން އެހެން މީހެއްގެ މުސާރަ ނަގަމުން ދިޔަ ސްކޫލު މުވައްޒަފުންގެ މައްސަލަ އޭސީސީން ތަހުގީގު ކުރަނީ!

Image
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ސްކޫލެއްގައި މަސައްކަތްކުރާ އިސް މުވައްޒަފުންތަކެއް ގުޅިގެން، ވަޒީފާއިން ވަކިވެފައިވާ މީހެއްގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނަގަމުންދިޔަ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލް ބައެއް މީޑިއާތަކަށް ވިދާޅުވީ، ސްކޫލެއްގެ ތެރޭގައި ހިންގާފައިވާ މި ހިޔާނާތުގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅި، މިހާރު ރަސްމީކޮށް ތަހުގީގު ހިންގަމުންދާ ކަމަށެވެ. ނަމަވެސް، މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ، އިތުރު ތަފްސީލެއް ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

2021 ވަނަ އަހަރުން ފެށިގެން ހިނގަމުންދިޔަ މި ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވެނީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރަށެވެ. މި ތިން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ ނިންމާފައެވެ.

އެނގިފައިވާ ގޮތުގައި މިއީ އެ ސްކޫލުގައި ކުރިން އުޅުނު ބިދޭސީ މުވައްޒަފަކު ވަޒީފާ ދޫކޮށް ރާއްޖެއިން ދިއުމުން، އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށްގެން މުސާރަ ނަގަމުން ދިޔަ މައްސަލައެކެވެ. މިގޮތަށް ނަގާ ފައިސާ ޖަމާކުރަމުން ގޮސްފައިވަނީ ބަޖެޓް އޮފިސަރާ އާއިލީ ގޮތުން ގުޅުން ހުރި އެކި މީހުންގެ ބޭންކް އެކައުންޓްތަކަށެވެ.

މި ހިޔާނާތުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި މަކަރާއި ހީލަތުން 1.5 މިލިއަން ރުފިޔާ ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ހިޔާނާތް ފަޅާއެރީ އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ އިދާރީ ކަންކަން ބެލުމަށް ހިންގި ރެންޑަމް އޮޑިޓެއްގެ ތެރެއިންނެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: